ކުއްލި ޚަބަރު

ސައްހަ ނޫން ޑޮލަރުން ވިޔަފާރިކުރި މީހަކު ހޯދަނީ

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން ހަތަރު މީހަކު ހައްޔަރުކޮށްފި

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑޫމާ ތިލަ ކައިރިން ފެނިއްޖެ

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑޫމާ ތިލަ ކައިރިން ފެނިއްޖެ

117

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކ. ކަނޑޫމާ ތިލަ ކައިރިން މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިގެން ހެނދުނު 10:15 ހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ މަރުވެފައި އޮތް މީހަކު ކަނޑުން ފެނިފައެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ ގުޅިފަޅު ކައިރިންނެވެ. އެއީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ޗައިނާގެ އުމުރުން 38 އަހަރުގެ އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އެ މީހާ ގެއްލުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

ސައްހަ ނޫން ޑޮލަރުން ވިޔަފާރިކުރި މީހަކު ހޯދަނީ

117

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން ހަތަރު މީހަކު ހައްޔަރުކޮށްފި

990

ވަގަށް ނެގި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

TTH_advertisement