ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

ޣައްޒާގައި ކާނޭ އެއްޗެއް ހޯދަން ގޮސްތިބި ކުދިންތަކެއް:

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، ބަނޑުހައިހޫނުކަމުގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ އިންޓަރގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަނުން ބުނެފިއެވެ.

މޮނިޓަރިން ގްރޫޕުން މިއަދު ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އޮކްޓޫބަރުމަހު އަމަލު ކުރަން ފެށުމާއެކު، ޣައްޒާއަށް އިންސާނީ އެހީއާއި އަދި ކޮމާޝަލް ބޭނުމަށް ކާބޯތަކެތި އެތެރެކުރަން ފެށުމާއެކު، ހައިހޫނުކަމުގެ ހާލަތު ރަނގަޅު ވެފައިޥާ ކަމަށެވެ.

އެހެން ނަމަވެސް، ޣައްޒާގެ ހާލަތު އަދިވެސް ނާޒުކު ކަމަށް އިންޒާރު ކޮށްފައި ވެއެވެ.

ފުޑް ސެކިއުރިޓީ މޮނިޓަރިން ގްރޫޕުން ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލާފައި އޮތް އޮތުމަށް ބަދަލު އައިސް، އަދި ޣައްޒާއަށް އިންސާނީ އެހީއާއި، ކޮމާޝަލް ބޭނުމަށް އެތެރެކުރާ ކާބޯތަކެތި އެތެރެވުން ހުއްޓިއްޖެނަމަ މިފެށޭ އަހަރުގެ އެޕްރީލް މަހާ ހަމައަށް ދާއިރު މުޅި ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެގެންދާނޭ ކަމަށެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަށް ބުނެ، ފުޑް ސެކިއުރިޓީ މޮނިޓަރިން ގްރޫޕުން ރަސްމީކޮށް އިންޒާރު ނެރުނީ މީގެ ހަތަރުމަސް ކުރިންނެވެ. އޭރު ބުނެފައިވަނީ، ޣައްޒާގެ ފަސް ލައްކައެއްހާ މީހުން ހައިހޫނުކަމުގެ އެންމެ ގޯސް ހާލަތުގައި އެބަ ތިބި ކަމަށެވެ.

އެހެން ނަމަވެސް، މިއަދު ބުނެފައިވަނީ، އެ އަދަދު ލައްކައަކަށް މިހާރު ތިރިވެފައިވާ ކަމަށެވެ.

އދގެ އޭޖެންސީތަކުން މިހާރުވެސް ބުނަމުން ގެންދަނީ، ޣައްޒާގެ ހާލަތަށް ބަލާއިރު، ބޭނުންވާ މިންވަރާ ގާތަށްވެސް އިންސާނީ އެތެރެ ނުކުރެވޭ ކަމަށެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން އެއްބަސްވި ނަމަވެސް، އޭގެ ދެބައިކުޅަ އެއްބައިވެސް ދުވާލެއްގެ މައްޗަށް އެތެރެ ނުވާ ކަމަށް، ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ބުނެއެވެ.

އިންސާނީ އެހީ އެތެރެކުރާ ހުރިހާ ދޮރާށިތަކެއް ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ. ދޮރާށިތައް ބަންދުކޮށް، އިސްރާއީލުން ހުއްދަ ދެނީ އެމީހުން ބޭނުންވާ މިންވަރެއް އެތެރެކުރާށެވެ.

މޫސުމީ ވިއްސާރައާ ޣައްޒާ ކުރިމަތިލާފައި ވާއިރު، ވިއްސާރައިން ސަލާމަތް ވުމަށް ބޭނުންވާ އެއްވެސް އެއްޗެއްވެސް ޣައްޒާއަށް އެތެރެކުރަން އިސްތިއުމާރީ ބާރުން ހުއްދައެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަފަހް ދޮރާށި އަލުން ހުޅުވި ނަމަވެސް، މިސްރަށް މިއަދު އެތެރެވެވުނީ އެންމެ 5 ބަލިމީހުންނަށް

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

TTH_advertisement