ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ހެޔޮބަދަލެއް، މުދާ ޑެމެރެޖް ނާރާ ވަގުތު 80 ގަޑިއިރު 124 ގަޑިއިރަށް، ކްލިއަރެންސް 24 ގަޑިއިރަށް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި ގުޅިގެން މުހިންމު ދެ ބަދަލެއް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިިފި އެވެ.

“މި 80 ގަޑިއިރު 124 ގަޑިއިރަށް އިރާދަކުރެެއްވިއްޔާ, ޑެމެރެޖް ނާރާ ގޮތަށް އިތުރުކޮށްދޭނެ. އަދި ކަސްޓަމާއި އެމްއޭސީއެލް ގުޅިގެން ކްލިއަރެންސް މަަސައްކަތަށް މި އޮންނަނީ 18 ގަޑިއިރާއި 30 މިނެޓް. އެގޮތަށް އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ,” ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ބޭއްވެވި ބައްދަލްވުމުގައި ބައެއް ވިޔަފާރިވެރީން ވަނީ މުދާ ކުލިއާ ކުރަން ފްރީކޮށް ހަމަޖެހިފައި އޮންނަ ގަޑިއިރުތަކުގެ ތެރޭގައި އެކަން ނުކުރެވޭތީ ބޮޑު ގެއްލުމެއް ވަމުންދާކަން ފާހަގަ ކޮށްފަ އެވެ.

އަދި ކްލިއަރެންސް މަަސައްކަތަށް އޮތް ހުރަސްތަކުގެ ވާހަކަ ވެސް ހިއްސާ ކުރެއްވި އެވެ. މިހާރު އޮންނަ ގޮތުން މުދާ ކުލިއާ ކުރަން ފްރީކޮށް ލިބެނީ 80 ގަޑިއިރެވެ. ބައެއް ވިޔަފާރިވެރީން ބުނީ އޮންނަ ތަރުތީބުން މުދާ ނެރޭއިރު އެ ގަޑީގެ ތެރޭގައި މުދާ ނުނެރެވި ބޮޑު އެއްޗެއް ދައްކަން ޖެހޭ ކަމަށެވެ.

ރައީސް ވަނީ އެ ކަންބޮޑުވުންތަކާއި ގުޅިގެން އެ ބައްދަލްވުމުގައި އިންނަވާ އެމްއޭސީއެލްގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރައްވާފަ އެވެ. އަދި ވަނީ މުދާ ކުލިއާ ކުރަން ފްރީކޮށް ހަމަޖެހިފައި އޮންނަ ވަގުތު އިތުރުކުރައްވަން ނިންމަވާފަ އެވެ. މީގެ އިތުރުން ކްލިއަރެންސް މަަސައްކަތް ސައުވީސް ގަޑިއިރަށް ބަދަލު ކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement