ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

އިމާރާތް ވެއްޓުނު ސަރަހައްދު:

ޣައްޒާގައި އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.

ރިޕޯޓްތައްބުނާގޮތުގައި ވެއްޓުނު އިމާރާތަކީ، އިސްތިއުމާރީ ސިފައިން ބޮންއެޅުމުގެ ސަބަބުން ހަލާކުވެފައި ހުރި އިމާރާތެކެވެ.

އަދި އިމާރާތް ވެއްޓުނީ، ޣައްޒާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާއި، ޣައްޒާ ތަހައްމަލް ކުރަމުންދާ ގަދަފިނީގެ ސަބަބުން ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެފައި ވެއެވެ.

އެ އިމާރާތް ވެއްޓުނުއިރު، އެ ތަނުގައި އެތައް ބަޔަކު ދިރިއުޅެމުން ގެންދިޔައެވެ. އިމާރާތް ވެއްޓުމާއެކު، ކޮންކްރޯޓްތައް ދަށުން މަރުވެފައިވާ އާންމުންގެ ހަށިތައް ނަގާފައިވަނީ ސިވިލް ޑިފެންސް ޓީމުތަކުންނެވެ.

ޣައްޒާއަށް ތޫފާނާއެކު ގަދަ ވަޔާއި، ބޯކޮށް ވާރޭވެހި މުޅި ޣައްޒާގައި އޮތީ ފެންބޮޑުވެފައެވެ.

ވިއްސާރައިގެ ސަބަބުން، ބަލިކަށިކޮށްހުރި އެތައް އިމާރާތެއް މިހާތަނަށްވެސް ވެއްޓިފައި ވެއެވެ.

ގަދަވައި ޖެހި، ފެންބޮޑުވެ އެތައް އިމާރާތެއް ވެއްޓިދާނެ ކަމުގެ ބިރު އުފެދިފައި ވެއެވެ.

އެހެން ނަމަވެސް، އާންމުންނަށް އެފަދަ އިމާރާތްތަކުގައި ދިރިއުޅުން ނޫން ގޮތެއް ނެތެވެ.

އިސްތިއުމާރީ އިސްރާއީލުން ގެންދަނީ، ޣައްޒާއަށް މޮބައިލް ގެތަކާއި، ޓެންޓު އެތެރެކުރަން ހުރަސް އަޅަމުންނެވެ.

އެކަށީގެންވާ ހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ގަދަ ފިނީގެ ސަބަބުން މިހާރުވެސް ވިއްސަށްވުރެ ގިނަމީހުން މަރުވަފައި ވެއެވެ. އޭގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނެއެވެ.

ގަދަވައިގެ ސަބަބުން ޓެންޓުތައި ވީދި، އަދި ބައެއް ޓެންޓުތައް ގަދަ ވަޔާއެކު އުދުހިގެން ގޮސް އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement