ކުއްލި ޚަބަރު

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް ވަޑައިގެންފި

އިންތިހާބު އިންސާފުވެރިނުވާނެ ކަަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރުމަތިލެއްވި އިކްރާމް ނަން ނަގައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

778

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިމްތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް އެކަނި ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، އެ ޕާޓީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ ނޫސްތަކުގައި ޚަބަރު ފެތިރިފައިވާ ބޭފުޅާ އެކަނި ކަމަށެވެ.

ފަލާހު އެ ވިދާޅުވި ބޭފުޅަކީ މޫސާ އަލީ ޖަލީލެވެ. މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓްގައި މޫސާ އަލީ ޖަލީލް ވާދަކުރައްވާނެ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ އަޑުފެތުރިފަ އެވެ.

ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަރުވާފައެވެ. އެ އިއްޒަތް އެރުވީ ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

pnc office

ޝަފީއާގެ ރައްދު ސިޓީ ކައުންސިލަށް: ޕީއެންސީގެ އޮފީސް ހަދަން ހުއްދަ އޮންނާނީ ނަގާފައި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement