ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓް ކުއްޔާއި ޑައުންޕޭމަންޓަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލެެއް ގެނެސްދޭނަން: ރައީސް

އެފްޑީސީން ތަރައްޤީ ކޮށްފައިވާ 4,000 ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓާއި ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފި އެވެ.

ގަަލޮޅު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި އެ އަވަށުގެ ބައެއް ރައްޔިތުން ވަނީ އެފްޑީސީގެ ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ބަދަލު ގެނައުމަށް އެދިފަ އެވެ. ރައްޔިތުންގެ އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރައްޔިތުންގެ އެ ކަންބޮޑުވުން ވަރަށް ސީރިއަސްކޮށް ނަންގަވާ ކަމަށާ އެކަމާއިމެދު ގޮތްތަކެއް ނިންމަވާނެ ކަމަށެވެ.

އެގޮތުން ޑައުންޕޭމަންޓް އުނިކުރުން ނުވަތަ ގެނެވޭނެ ބަދަލެއް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ޔުނިޓްތަކުގެ ކުއްޔަށް ގެނެވޭން އޮތް އެންމެ ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަަޤީންކަން ވެސް ދެއްވި އެވެ.

“މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް އެންމެ ރަނގަޅު ޙައްލެއް އަޅުގަނޑު ގެނެސްދޭނަން,”

ކުރީގެ ލިސްޓަކާއި ނުކުޅޭ, ލިސްޓުން ބޭރު އެކަކަށްވެސް ނުދޭ
މިރޭގެ ބައްދަލްވުމުގައި ރައްޔިތަކު ވަނީ 4,000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓަށް މި ސަރުކާރުން ބަދަލު ގެނެސް ލިސްޓްގައި ނެތް މީހުންނާއި ދަށުން މާކުސް ލިބުނު ބައެއް މީހުންނަށް ފްލެޓް ދީފައިވާ ކަަމަށް ބުނެފަ އެވެ.

އެ ވާހަކަތައް ދޮގު ކުރައްވާ ރައީސް ވިދާޅުވީ އެއީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްް ކަމަށެވެ. 74 ޕޮއިންޓް ލިބުނު އެއްވެސް މީހަކަށް ފްލެޓް ދީފައިނުވާނެ ކަމަށާ އަދި ކުރީ ސަރުކާރުގެ ލިސްޓްގައި ނުހިމެނޭ އެއްވެސް މީހަކަށްވެސް ފްލެޓް ދީފައިނުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

“ނުހުންނާނެ (ކުރީ ސަރުކާރުގެ ލިސްޓްގައި ނުހިމެނޭ) މީހަކަށް ފްލެޓް ދީފައެއް. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ނުދެން,” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިހާތަނަށް ފްްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް މި އަންނަ ހަފްތާތެރޭ ހަވާލުކޮށް ނިންްމަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އަމާޒަކީ މި މަސްތެރޭ އެންމެންނަށް ފްލެެޓަށް ވަދެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ