ނަރުހުންނާއި ޓީޗަރުންގެ އިތުރުން ޕައިލެޓުން ހިމެނޭހެން ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސިންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ސަރުކާރުން ނިންމައިފިއެވެ.
އެކަމާ ބެހޭ ގަވާއިދު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
ރާާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ގަވައިދަށް އަމަލު ކުރަން ފެށުމަށް ފަހު ވަކި މުއްދަތުތަކެއްގެ ފަހުން ކޯޓާ ދޫނުކުރާނެ މަގާމުތައް ކަނޑައަޅާފައެވެ.
އެ ގަވައިދުގެ ދަށުން ކޯޓާ ދޫނުކުރާނެ މަގާމުތައް:
- ޓެކްސީ ޑްރައިވަރުން
- މަތިންދާބޯޓުގެ ފަސްޓްް އޮފިސަރުން/ ކޯޕައިލެޓުން
- ކަނޑު އުޅަނދުގެ ކެޕްޓަނުން
- މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް
- ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތް ކުރާ ކޭޝިއަރުން
އެ ގަވައިދުގައި ބުނީ ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެންހުރި މިންވަރަށް ބަލާ އެ މަގާމުތަކަށް ބަދަލުގެނައުމުގެ އިހުތިޔާރު ހޯމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ. ގަވައިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށް ފަހު ބައެއް މަގާމުތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ގަވައިދުގައި ހިމަނާފައިވެއެވެ.
ވަކި މުއްދަތަކަށް ފަހު ކޯޓާ ދޫކުރުން ހުއްޓާލަން ޖެހޭ މަގާމްތައް:
- ހެއާ ޑްރެސާ ބިއުޓީޝަން
- ބޭބީ ސިޓާ
- ޕާސަނަލް ޓްރެއިނަރު
- އިލެކްޓްރީޝަން
- ގެސްޓް ރިލޭޝަން އޮފިސަރު (އިނގިރޭސި)
- ޓުއަ ގައިޑް
- އެކައުންޓެންޓު
- އިމާމު
ގަވައިދަށް އަމަލުކުރަން ފަށާތާ 3 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
- ޑައިވަރު ނަރުހުން
- ބިލްޑިން އިންސްޕެކްޓަރުން
- ސާވޭޔަރުން
- ސައިޓް ސުޕަވައިޒަރުން
- ޕައިލެޓް
- ފޮޓޯގްރާފަރު
ގަވައިދަށް އަމަލުކުރަން ފަށާތާ 4 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް
- އިލެކްޓްރިކަލް އިންޖިނިއަރު ޑައިވް އިންސްޕެކްޓަރު
- ގަވައިދަށް އަމަލުކުރަން ފަށާތާ 5 އަހަރަށް ފަހު ކޯޓާ ބާތިލް ކުރަންޖެހޭ މަގާމުތައް ހައުސް ކީޕިން މެނޭޖަރު ހިޔުމަން ރިސޯސް މެނޭޖަރު
- ފްރަންޓް އޮފީސް މެނޭޖަރު
- ޕްރައިމަރީ/ސެކަންޑްރީ ޓީޗަރުން
ކިޔުންތެރިންގެ ހިޔާލު