ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ އޮތީ އިޝާނަމާދަށްފަހު

55

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ލިބުނު ގެއްލުންތަކަށް ފަރުވާ ދެނިކޮށް މަރުވި, ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

ތައިލޭންޑްގެ ބެންކޮކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު މަރުވީ ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި އުމުރުން 43 އަހަރުގެ އަޙްމަދު އަޒްމީލެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.

ސްޓެލްކޯގެ ޚަރަދުގައި މިއަދު ވަނީ އަޒްމީލްގެ ހަށިގަނޑު މާލެ ގެނެސްފައެވެ. އޭނާގެ ޖަނާޒާ އޮންނާނީ ހުޅުމާލޭ ސަހަރާ މިސްކިތުގައި މިރޭ އިޝާ ނަމާދަށްފަހުއެވެ.

ދުނިޔެދޫކުރިއިރު އަޒްމީލްގެ އަންހެނުން އިނީ ބަލިވެއެވެ. އޭނާގެ ދެކުދިން ވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިބްރާހީމް ހަވީރު
އަޒްމީލްގެ ފުރާނަ އައް މާއްﷲ ހުގެ ހެޔޮ ރަހުތް ލައްވާށިއެވެ އަދި މަރުހޫމް ގެ އާއިލާއަށް ކެތްތެރިކަމާއި ހިތްހަމަޖެހުން ައްވާށިއެވެ

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް