ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ. އަދި ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕެޓްރިސިއާ ވެންގް މެއިހޮންގްއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވީ، ޗައިނާއާއެކު ވި މިއެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ޗައިނާގައި މާކެޓު ކުރުމަށް ވި އެއްބަސްވުމެއް ކަމަށެވެ. މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށާއި، އެގޮތުން ޗައިނާގެ އެކި ސިޓީތަކުގައި ރާއްޖޭގެ އުފެއްދުންތައް މާކެޓު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

“މީގެ ސަބަބުން އަޅުގަނޑުމެންނާއި އެކީގެ އެބޭފުޅުން މަސައްކަތް ކުރީމައި ވަރަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ. ޚާއްސަކޮށް ޗައިނާއަކީ، އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގައި ދަތި ޤައުމަކަށްވީމައި ޗައިނާގެ ބަޔަކު އަޅުގަނޑުމެންނާއެކީގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް މިކަމުގައި ލިބިގެންދާ ވަރަށް ފަހި ފުރުސަތެއްކަން ފާހަގަކުރެވެނީ” އަޙްމަދު ޝަރީފް

ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވިދާޅުވީ، ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޤައުމެއް ކަމުން މި އެކުލަވާލި އެއްބަސްވުމަކީ، ރާއްޖެއާއި ޗައިނާއާއި ގުޅުވާދޭނެ އިތުރު ދޮރެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ބްރޭންޑުތައް ތަރައްޤީކޮށް ރާއްޖޭގެ އުފެއްދުންތަކަށް މާކެޓުގައި އެކަށީގެންވާ ފައިދާއެއް ހޯދޭނެ ކަމަށް ޤަބޫލުކުރާ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރަން 51 މިލިއަންގެ ލޯނު ދޫކޮށްފި

88887

89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

Dd

ދާ ޖަހައިގެން މަސް ހިފި މައްސަލައެއް ބަލަނީ

Ii

ބިލެތްފަހި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި