ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

އެއްބަސްވުމުގެ ދެވަނަ މަރްހަލާއަށް ދިއުމަށް އިސްރާއީލަށް ޕްރެޝަރ ކުރުމަށް ހަމާސްއިން ގޮވާލައިފި

އެއްބަސްވުމާ ޚިލާފްވެ އިސްރާއީލުން ޣައްޒާއަށް ބޮންއަޅަނަީ:

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެން އޮތް މަރްހަލާ ނުވަތަ ދެވަނަ ފިޔަވައްސަށް ދިއުމަށް އިސްރާއީލަށް އިތުރަށް ޕްރެޝަރ ކުރަންޖެހޭ ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ހުސާމް ބަދްރާން ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފް ވަމުންދާނަމަ، ދެވަނަ ފިޔަވައްސެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.

އޭނާ ވަނީ، އެއްބަސްވުން ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކަށް، އިސްރާއީލަށް އިތުރަށް ޕްރެޝަރ ކުރުމަށް ގޮވާލައްވާފައެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެން ނަމަވެސް، އެއްބަސްވުމާ ޚިލާފްވެ، އޭގެފަހުން މިހާތަނަށް އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް 738 ހަމަލާ ދީފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

އެ ހަމަލާތަކުގައި 377 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ހާހަކަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުން މިހާރުވެސް ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދުކޮށް، ގެތަކާއި އިމާރާތްތައް ގޮއްވަމުންނެވެ.

އެއްބަސްވުމުގައި ވާގޮތަށް، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަންވެސް ގެންދަނީ ހުރަސް އަޅަމުންނެވެ.

ހަމާސްގެ އޮފިޝަލް ހުސާމް ބަދްރާން ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ކުރަން އިސްރާއީލުން އެއްބަސްވި ކަންކަމާއި، ވައުދުވި ކަންކަމާވެސް އިސްރާއީލުން ތަކުރާރުކޮށް ޚިލާފްވަމުންދާ ކަމަށެވެ.

އެހެންވެ، ފުރަތަމަ ފިޔަވަހީގައި ކުރަން އެއްބަސްވި ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް އިސްރާއީލަށް ޕްރެޝަރ ކުރުމަށް، މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކުގެ ކިބައިން މިހާރު އެދިފައިވާނޭ ކަމަށް ހަމާސްގެ އޮފިޝަލް ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ، ހަމަލާތައް ހުއްޓާލައި ޣައްޒާގެ ބައެއް ހިސާބުތަކުން އިސްރާއީލު ސިފައިން ފަހަތަށް ޖެހުމާއި، ދެފަރާތުން ގައިދީން ބަދަލު ކުރުމެވެ.

ދެވަނަ ފިޔަވަހީގައި ކުރުމަށް ކަނޑައަޅާފައިވަނީ، ޣައްޒާގެ ވެރިކަން ކުރަން ބަޔަކާއި ހަވާލު ކުރުމާއި، ބައިނަލްއަގްވާމީ ސިފައިންގެ ލަޝްކަރެއް ޣައްޒާގައި ގާއިމްކުރުމެވެ.

އެކަން ކުރުމަށް ކަނޑައަޅާފައިވަނީ މަޝްވަރާކޮށްގެން ނަމަވެސް، އެއިން އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement