ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމެންޓް ނިންމައި ހުޅުވައިފި

893

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމައި، މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.

ޖުމްހޫރީމައިދާން ކައިރިން ހެދި މި މަގަކީ މިއީ މަގު ފުޅާކޮށް، ތާރު އަޅައިގެން ހަތަރު ލޭނަށް ބަދަލުކުރެވުނު ސަރަހައްދެކެވެ.

އެއީ މަސް މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދުގައިވާ ސަރަހައްދެވެ. މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ވަނީ ހިއްކާފައެވެ. މި މަސައްކަތް ކުރުމަށްޓަކައި މަގުގެ އެ ސަރަހައްދު ބަންދުކުރެވުނީ މިދިޔަ އޯގަސްޓް މަހުއެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ. އެ ސަރަހައްދު ވެސް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަގަކީ މާލޭގެ އެންމެ ބާރު ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ މަގެއްކަމަށް ވާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ވަކި ޚާއްސަ ޑެޑްލައިނެއް ކަނޑައަޅާފައެވެ. ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް އަންނަ އޮކްޓޫބަރު 13 ގެ ކުރިން ނިންމަން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ ބޮޑުތަކުރުފާނު މަގު ހެދުމުގެ މި ބޮޑު މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. މި މަޝްރޫއު ޖުމްލަ 455 ދުވަސް ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ