ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކުރެވިފައިކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.
ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު ދެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނީ 22 ނޮވެމްބަރު 2025 ގައެވެ.
އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ އެ މުއައްސަސާގެ ހުރުމަތްކުޑަކޮށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ޢަމަލުކުރާ މުވައްޒަފުންނަށް އެ މުއައްސަސާއިން ފުރުސަތު ނުދޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު