ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

Mm

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން ފާޅުކުރެއްވި ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި އެއް ކޮޓަރީގެ ފްލެޓެއްގައި އާއިލާގެ ގިނަ މެންބަރުންނާއެކު ދަތިހާލުގައި ދިރިއުޅުން ހިމެނެއެވެ. އެ ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ އެ ފްލެޓް ލިބިފައިވާތީ އެހެން ފްލެޓަކަށް ފޯމް ހުށަހެޅުމަށް ހުރަސްތަކެއް ހުރުމެވެ.

މާފަންނުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމުން ވަރަށް ބޮޑަށް އެކަންބޮޑުވުން ހިއްސާކޮށްފައިވެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްވި ވާހަކަފުޅުގައި ރައީސް ވަނީ އެފަދަ ފަރާތްތަކަށް އުފާވެރި ޚަބަރެއް ދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގެޒެޓްކޮށްފައިވާ އުސޫލު އިސްލާހުކޮށް އެއްކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުން އެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ލިބޭނެގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބުނީއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވުމުގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރެއްވުން ކަމަށެވެ.

އެމަނިކުފާނު ވެރިކަންކުރައްވާނީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މަޝްވަރާގެ ރިވެތި އުސޫލުން ކަމުގައި ރައީސް މުއިއްޒު މިރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް