ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ޣައްޒާއިން މިއަދުވެސް 7 މީހުން ޝަހީދުކޮށްލައިފި، ގެތަކާއި އިމާރާތްތައް ގޮއްވުން ނުހުއްޓޭ

ޣައްޒާ:

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދުވެސް އެތައް ހަމަލާއެއް ދީފިއެވެ.

މިއަދުގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 7 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ.

މިއަދު އެންމެ ފަހުން ދެމީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އުތުރުގެ ޒައިތޫން އަވަށުގައެވެ. އަދި އެތައް ބަޔަކު ޒަޚަމް ކޮށްލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރުވެސް ގެންދަނީ، ޣައްޒާގެ އެކި ހިސާބުތަކުގައި ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތައް ގޮއްވަމުންނެވެ.

އެގޮތުން، ޣައްޒާގެ އުތުރުގެ ގާޒާ ސިޓީގެ ޝުޖައްޔާ ރެފިއުޖީ ކޭމްޕްގައި ގެތަކާއި އެތައް އިމާރާތެއް ގޮވާތަކެތި ހަރުކޮށްގެން މިއަދު ގޮއްވާލާފައި ވެއެވެ.

ޣައްޒާގެ އުތުރުގެ އަލް ޚުލަފާ ސްކޮޔަރ ސަރަހައްދަށް ބަރު ހަތިޔާރާއެކު ވަދެގަނެ އެތައް އުދުވާނުތަކެއް ހިންގަމުން ގެންދާ ކަމަށްވެސް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ ބަނީ ސުލައިލާ އަވަށުގައި އާންމުންގެ ގަޔަށާއި، ތަންތަނަށް ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޣައްޒާގެ އެކި ހިސާބުތަކުގައި ވައިގެ ތެރޭގައި ޓެރަރިސްޓުންގެ ޑްރޯންތައް އުދުހި އާންމުންނަށް ބިރު ދައްކަމުން ގެންދާއިރު، ވައިގެ ހަމަލާތައް ދިނުމާއި، ގެތަކާއި އިމާރާތްތައް ގޮއްވާ އަޑުފަށްގަނޑު ޣައްޒާއިން ނުކެނޑޭ ކަމަށް އާންމުން ބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފް، އިސްތިއުމާރީ ބާރުން މިހާތަނަށް ވަނީ ޣައްޒާއަށް ފައްސަތޭކަ އެތައް ވައިގެ ހަމަލާ ދީފައެވެ. އަދިވެސް ގެންދަނީ ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

ނުވިތާކަށް، އެއްބާސްވުމާ ޚިލާފް ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަންވެސް ޓެރަރިސްޓު ދައުލަތުން ގެންދަނީ ހުރަސް އަޅަމުންނެވެ. އިންސާނީ އެހީ އެތެރެކުރާ ދޮރާށިތައް ހުޅުވަން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ކުރުމަށް ކަނޑައެޅި ގިނަ ކަންކަން އިސްތިއުމާރީ ބާރުން ކޮށްފައި ނުވާއިރު، ދެވަނަ ފިޔަވައްސަކަށް ދާކަށްވެސް އިސްރާއީލު ބޭނުމެއް ނުވެއެވެ.

އެކަމަކު، ހަމާސްއާއި އިސްރާއީލާ ދެމެދު މި އެއްބަސްވުން ހެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކަށް މިއީ މައްސަލައަކަށް ނުވެއެވެ. ޣައްޒާގެ ރައްޔިތުންގެ ބޮލަށް އަޅަން އެމެރިކާއިން ކެނޑިނޭޅި ގެންދަނީ ބޮންތައް ފޮނުވަމުންނެވެ. ހަތިޔާރުގެ ޝިޕްމަންޓްތައް ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement