ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކްރައުން އެންޑް ޗަމްޕާގެ 11 ވަނަ ރިސޯޓު، ނަލަ މޯލްޑިވްސް ހުޅުވައިފި

ޅ. އަތޮޅުގައި ކުރިން ހިންގި އިންނަހުރާ ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް، ‘ނަލަ މޯލްޑިވްސް ބައި ޖާވާކަރަ’ގެ ނަމުގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ރިސޯޓު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ އެވެ. ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވި ގޮތުގައި މިއީ ދެ އަހަރުގެ ބުރަ މަސައްކަތުން ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީކުރި ލަގްޒަރީ ރިސޯޓެކެވެ.

ވެލާނާ އެއާޕޯޓުން ސީޕްލޭންގައި 35 މިނެޓުން ދެވޭ މި ރިސޯޓުގައި 80 ކޮޓަރިއާއި 7 ރެސްޓޯރެންޓް އަދި ސްޕާއެއް ހުރެ އެވެ. މިއީ 12 އަހަރުން މަތީގެ މީހުންނަށް ހާއްސަ ރިސޯޓެކެވެ. ކުޑަކުދިންނާ އެކު އަންނަ ފަތުރުވެރިންނަށް ޖެހިގެން އޮންނަ ޖާވާކަރަ ރިސޯޓުގައި ތިބެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

“ނޭޝަނަލް ކާބަން ރެގިއުލޭޝަން” މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އުތުރުގެ 13 ފަޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި