ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް އަޑިއަށްދަނީ

117

ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ، މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރަށް “ފެހިލާ” ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު 16:59 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ދޯނި ކަފު ޖަހައިގެން ގުޅިފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވެސް ވަނީ މެދުރާއްޖެ ތެރެއަށް ވައިޓް އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ސާމާނުތައް ނައްތާލައިފި

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން 185 އޮފިސަރުން ދަސްވެނިވެއްޖެ

990

ޖުމްލަ 787 ވެހިކަލް ޓޯކޮށްފި، ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް

117

ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފި

TTH_advertisement