ކުއްލި ޚަބަރު

ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

ހާލުގައިޖެހިފައިވާ ޤައުމުތަކަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި

އިރުދެކުނު އޭޝިއާ ގައުމުތަކުގެ ސަރަހައްދުތަކަށް އައިސްފައިވާ އާދަޔާއި ޚިލާފަށް ބާރުގަދަ ތޫފާނުގެ ސަބަބުން ފެންބޮޑުވެ، އަމިއްލަ ގެދޮރު ގެއްލި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފިއެވެ.

އެގޮތުން އައިއޭސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ތޫފާނުގައި ގެއްލުން ލިބުނު ބައެއް ގައުމުތަކަށް ވަގުތީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އައިއޭސީން ކުރިއަށް ގެންދާ ކަމަށެވެ.

އަދި، އަވަށްޓެރި ސްރީލަންކާއަށާ، ތައިލެންޑް، އިންޑޮނޭޝިޔާ އަދި މެލޭޝިޔާއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ބުންޏެވެ. އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އައިއޭސީން އެދެއެވެ.

ބީއެމްއެލް އިސްލާމިކް: 7770000062744

އެމްއައިބީ: 90101555002111003

އެކައުންޓް ނަން: International Aid Campaign

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ޤައުމަށް މި ފަހުގެ ތާރީހެއްގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. މޫސުން ގޯސްވުމުގެ ސަބަބުން ސްރީ ލަންކާގެ 219،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި ތޫފާން ޑިޓްވާގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 123 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަކާތުގެ ފުރަތަމަ ޤާނޫނު މަޖިލީހުން ފާސްކޮށްފި

Mm

ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުން ފާސްކޮށްފި

Mm

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

447067 36f1ca79 8

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

TTH_advertisement