މާލޭގެ ފަޅު އިމާރާތެއްގައި ރޯވި އަލިފާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިންވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ މ. މާޓުގޭގައި ކަމަށެވެ. ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 04:11 ހާއިރުކަމަށް ބުނެފައިވެއެވެ.
މި ރިޕޯޓް ލިބުމާއެކު އެ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށައި، އަލިފާން ނިއްވާލެވުނީ 04:46 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވާކަމަށް އެ އިދާރާއިން މީޑިއާތަކަށް ވަނީ މަޢުލޫމާތުދީފައެވެ.
ކިޔުންތެރިންގެ ހިޔާލު