ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ އާއި ހިޓާޗީގެ 25 އަހަރުވީ ޕާޓްނާޝިޕް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފި

އެސްޓީއޯ އާއި ޖަޕާނުގެ މަޝްހޫރު ބްރޭންޑް ހިޓާޗީގެ ވިޔަފާރީގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި ހިޓާޗީގެ މެނޭޖިން ޑިރެކްޓަރު ޔޮޝިޔޫކީ ބަންޑޯ އާއި އެ ކުންފުނީގެ އިސްވެރިންނާއި އެސްޓީއޯގެ ކުރީގެ އަދި މިހާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ދެ ކުންފުނީގެ ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ހިޓާޗީން އަލަށް ނެރޭ އުފެއްދުންތައް މާ ގިނަ ދުވަހެއް ނުވެ އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ލިބެން ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފާއިތުވި 25 އަހަރު ހިޓާޗީގެ އުފެއްދުންތައް އެންމެ ގިނައިން ގަތް 4 ކަސްޓަމަރުންނަށް ހަނދާނީ އެވޯޑު ދީފައިވާއިރު، ހިޓާޗީގެ އެންމެ ފަހުގެ ‘ހިޓާޗީ ނިއު އެއާ’ ރޭންޖުގެ އުފެއްދުންތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ