ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތް އިފުތިތާހުކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫ ހުޅުވައި، ރަސްމީކޮށް އެ ޚިދުމަތް އިފުތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މަނަދޫއަށް ކުރެއްވި ޒިޔާރާތުގައެވެ.

ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ ޔުނިޓު ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އައިސީޔޫގެ ޚިދުމަތް ދޭން ފެށުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއީ އަތޮޅުތެރޭގައި ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ކާމިޔާބީތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ. އަދި މިރަށުގެ ހޮސްޕިޓަލަށް އިތުރުކުރި މި ޚިދުމަތާއެކު މިރަށު ރައްޔިތުންނަށާއި، އަދި ވަކިން ހާއްސަކޮށް މި އަތޮޅުގެ ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

“މިއީ މުޅި ނ. އަތޮޅުގެ ރައްޔިތުންވެސް އެންމެ ބޭނުންވެފައި ހުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންކަމުން މި ޚިދުމަތް އިފްތިތާހުވެގެން ދިއުމާއެކު މިރަށު ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެ. އަދި މުޅި އަތޮޅަށްވެސް ފަސޭހަވާނެ.” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު މައިމޫން ވިދާޅުވީ، މިއީ ރާއްޖެތެރޭގައި ހުރި ދެވަނަ ދަރަޖައިގެ ހޮސްޕިޓަލެއްގައި ހުޅުވިގެންދިޔަ ފުރަތަމަ އައިސީޔޫ ޔުނިޓުކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ހޮސްޕިޓަލަށް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަކަމަށް މައިމޫން ފާހަގަކުރެއްވިއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ޤާއިމްކުރުމަށް ސަރުކާރުން އެލްއެމްއެސް ނަމަކަށްކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ކުންފުނީގެ މަސައްކަތްތައް ނިމި މި ޚިދުމަތް ރަސްމީކޮށް ފެށިގެންދިއުމާއެކު، ބަލިމީހުންނަށް ލަސްވުމެއްނެތި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މީގެ ކުރިން ނުރައްކާތެރި ހާލަތްތަކުގައި ބަލިމީހުން މާލެއަށް ނުވަތަ އެހެން ބޮޑެތި ހޮސްޕިޓަލްތަކަށް ބަދަލުކުރަން ޖެހުނު ޖެހުމަށް ނިމުމެއް އަންނާނެއެވެ. މީގެ އިތުރުން، ނޭވާލާން ދަތިވާ މީހުންނާއި، ބޮޑެތި އަނިޔާ ލިބޭ މީހުންގެ އިތުރުން ބޮޑެތި އޮޕަރޭޝަންތަކަށް ފަހު ފަރުވާ ބޭނުންވާ މީހުންނަށް ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ރަށުގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރު ފައްޓަވާފައިވާއިރު، މި އައު ހޮސްޕިޓަލްގެ އެޅުމުގެ މަސައްކަތް ނިމެންދެން، މިހާރުގެ ހޮސްޕިޓަލަށް ޚިދުމަތްތައް ދަނީ އިތުރުކުރަމުންނެވެ. އެގޮތުން ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister nazim

ބިދޭސީންގެ ޞިއްޙީ ކަންކަމަށް ޙައްލު ނުހޯދޭނަމަ ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ: ނާޘިމް

Ii

އާސަންދައިން ނުލިބޭ ބޭސްތައް އާސަންދައިން ލިބޭގޮތް ހަމަޖައްސަނީ

990

ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ: ނާޒިމް

ސ. އަތޮޅު ސްކޫލުގެ އާ އިމާރާތް އެޅުމާއި ހުޅުދޫ އަދި މީދޫގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޙަވާލުކޮށްފި

TTH_advertisement