ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާޒަކީ ރޯދައިގެ ކުރިން ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓް ނިންމުން: ސަޢުދީ

ބޮޑުތަކުރުފާނުގެ މަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ރަމަޟާންމަހުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. ސެގްމަންޓް 1ގައި ހިމެނެނީ އެމްޕީއެލްއިން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގއާ ދެމެދުގެ ސަރަހައްދެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “ހަފުތާ 104” ޕްރޮގްރާމުގައި މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢުދީ ވަނީ، މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަހުމަދު ސަޢުދީ ވިދާޅުވީ، މި މަސައްކަތުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލް ސަރަހައްދަށް ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ރަމަޟާންމަހުގެ ކުރިން ނިންމުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތްކުރަމުންދަނީ ކާރުބާރު ބޮޑު އަދި ޚާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގައިކަމަށްވުމުން މަސައްކަތްކުރުމަށް ދަތިތަކެއް ކުރިމަތިވީނަމަވެސް، އެ ސަރަހައްދުގައި މަސައްކަތްކުރާ ވިޔަފާރިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުންލިބޭކަން ސަޢުދީ ފާހަގަކުރެއްވިއެވެ.

” މި ސެގްމެންޓުގަ މަސައްކަތްކުރަމުން މިދަނީ މާލޭގެ ވަރަށް ކާރުބާރު ބޮޑު ޚާއްސަކޮށް ވިޔަފާރިވެރިންގެ ދަތި އުނދަގޫތަކެއް ހުންނަ ސަރަޙައްދެއްގަ. އެބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު މި މަސައްކަތް ނިންމާލެވިއްޖެނަމަ ފަހުން ފަސޭހަވާނެ”. އަހުމަދު ސަޢުދީ

މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިމަސައްކަތުގެ ދަށުން ޖުމްލަ 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެއެވެ.

4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، އުޅަނދު ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި