ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ވިސްނުމަކީ ޢަރަބިއްޔާ ހުރި ބިމުގައި ޕާކިން ޒޯނަކާއެކު ޕާކެއް ތަރައްޤީކުރުން: ރައީސް

ސަރުކާރުގެ ވިސްނުމަކީ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިންއަކާއެކު ޕާކެއް ތަރައްޤީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގެ ބޭނުން މައްޗަންގޮޅީގެ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަކަށް ބޭނުންކުރެވޭނެ ގޮތަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިއްސާކުރެއްވުމުގެ ފުރުސަތު ދެއްވާފައެވެ.

މާލޭ މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢަރަބިއްޔާ ސްކޫލް ޢިމާރާތް ބާވެ ނުރައްކާތެރި ޙާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް ޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ 11000 އަކަފޫޓުގެ އެބިން ތަރައްޤީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ އެތަނުގައި ޕާކިންގއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްޤީކުރުމަށްކަމަށެވެ. އެހެންނަމަވެސް އެސަރަޙައްދުގައި އެހެންގޮތަކަށް އެކަންކުރުމަށް މައްޗަންގޮޅީގެ ރައްޔިތުންގެ ޚިޔާލު ހުށައެޅުއްވުމުގެ ފުރުސަތު އެމަނިކުފާނު ވަނީ ހުޅުއްވާލައްވާފައެވެ.

“ދެބޭނުމަކަށް އެބިމުގެ ބޭނުންކުރަން ވިސްނަނީމި. އަޅުގަނޑުގެ ވިސްނުމަކީ އެތަނުގައި ބޮޑު ސަރަޙައްދެއްގައި ޕާކިންއެއް ތަރައްޤީކޮށް، ގްރީން ސްޕޭސްއަކާއެކު ކޮމިއުނިޓީ ޕާކަކާއެކު ތަރައްޤީކުރުން. މިކަމުގައި ތިބޭފުޅުންގެ ޚިޔާލުދެއްވުން އެދެން.” ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މައްޗަންގޮޅި އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ސަމާލުކަންދެއްވާނެކަމަށެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް މުހިއްމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ އަޑުއެއްސެވުމަށް ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ޝުޢުރު އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަންދެއްވަމުންނެވެ. ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދެވި ދަތުރުފުޅުތަކަށްފަހު މިހާރު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެކި ދުވަސްތަކުގައި އަންނަނީ ބައްދަލުކުރެއްވުންތައް ބާއްވަމުންނެވެ. މިފަދަ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދެވީ ވިލިމާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

TTH_advertisement