ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ޓެކްސީ ލައިންގެ ބޭނުމަކީ ފެންވަރު ރަނގަޅު ޓެކްސީ ޚިދުމަތެއް މާލެ ސަރަޙައްދުގައި ފޯރުކޮށްދިނުން : ރައީސް

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތަކީ ޓެކްސީ ޑްެރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަމަށާއި، އެންމެ މުހިއްމު ބޭނުމަކީ ފެންވަރު ރަނގަޅު ޓެކްސީ ޚިދުމަތެއް މާލެ ސަރަޙައްދުގައި ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މަންޗަންގޮޅި ރައްޔިތުންނާ ބަދައްލުކުރުމަށް ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުން ޓެކްސީ ލައިން ފަށާތީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ވަނީ ހާމަކޮށްފައެވެ.

“ސަރުކާރުން މި ފަށާ ޓެކްސީ ލައިނަކީ އެއްގޮތަކަށް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ބެސްޓް ސަރވިސް މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީ ޚިދުމަތުން ލިބެން” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށްގެންދާނީ އެމްޓީސީސީންނެވެ. އެމަސައްކަތަށް 407 ޑްރައިވަރުން ހޯދަން އެކުންފުނިން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ޚިދުމަތަށް 150 އީ-ވެހިކަލް ގެންނަން ތައްޔާރުވެފައިވާ ކަމަށެވެ. އެ ވެހިކަލްތައް ޖަނަވަރީ ނުވަތަ ފެބްރުވަރީ މަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑްރައިވަރުން ނެގުމުގައި މިހާރު އެމަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިހާރު ޑްރައިވަރުންގެ ޝަކުވާއަކަށްވެފައި އޮންނަނީ އެއްވަރެއްގެ އާމްދަނީއެއް ނުލިބުން ކަމަށާއި، ހުޅުވާލި ފުރުޞަތާއެކު މަހަކު ނުވަތަ ހަފްތާއަކު ލިބެންޖެހޭ އާމްދަނީ ޑްރައިވަރުންނަށް ޤަވާއިދުން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ފުރުޞަތާއެކު އާއިލާއާއެކު ވަގުތު ހޭދަކުރާނެ ވަގުތު ޑްރައިވަރުންނަށް ލިބި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި، ޓެކްސީއަށް އަރާ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ލިބިގެންދާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒު ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރު ކުރުމަށް މާލެއިން ކާރު ހޯދުމަކީ މިހާރު ގޮންޖެހުން ބޮޑު ކަމެކެވެ. އެތައް ބަޔަކަށް އެ ޚިދުމަތް ނުލިބޭތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތީ ބޮޑުވެފައެވެ.

ސަރުކާރުން އެކަމަށް ޚާއްޞަ އެޕްލިކޭޝަނަކާއެކު 24 ގަޑިއިރު ކާރުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެއެވެ.

މަންޗަންގޮޅި ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، އަވަށަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ، ވަޒީރުންގެ އިތުރުން ކުންފުނިތަކުގެ ވެރިން ބައިވެރިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement