ކުއްލި ޚަބަރު

ކަންނެލި ދޯނީގައި އަލިފާން ރޯވުން: މިހާރު ފަރުވާދެމުން ދަނީ 53 އަހަރުގެ ދިވެއްސަކަށް

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޖިފުޓި ބަސްތީއެއްގައި އަލިފާން ރޯވެެ އެތައްސަތޭކަ ގެއެއް އަނދައި ހުލިވެއްޖެ

ޑާކާގެ ކަރައިލް ބަސްތީގައި އަލިފާން ރޯވެ އަނދަނީ:

ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ މެދުތެރޭގައި އޮންނަ ޖިފުޓި އަވަށެއްގައި ހިނގި ބޮޑު އާލިފާނުގެ ހާދިސާއެއްގައި އެތައްސަތޭކަ ގެއެއް އަނދާ ހުލިވެ އެތައް ބަޔަކު މަގުމަތި ވެއްޖެއެވެ.

ބަނގްލަދޭޝްގެ ގަޑިން އަންގާރަ ދުވަހުގެ ހަވީރު 5:30 އެހާއިރު އަލިފާން ރޯވެފައިވަނީ ޑާކާގެ މޮހާޚާލީ ސަރަހައްދުގައި އޮންނަ ކަރައިލް ބަސްތީ ޖިފުޓީ އަވަށުގައެވެ.

90 އޭކަރުގެ މި އަވަށަކީ ގާތްގަނޑަކަށް 80،000 މީހުން ދިރިއުޅޭ އަވަށެކެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އަލިފާން ނިއްވާ 20 ލޮރީއާއި އެތައް ފަޔަރފައިޓަރުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭގަނޑު 10:30 ވީ ފަހުންނެވެ.

އަލިފާން ނިއްވާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކަރައިލް ބަސްތީގެ މަގުތައް ހަނިވެފައި، އަދި ފެން ލިބުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހުމުންނެވެ.

އަލިފާނުގެ ހާދިސާގައި މީހަކު މަރުވިކަމެއް އަދި އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ކުޑަ ދެކުދިން ގެއްލިގެން ދަނީ ހޯދަމުންނެވެ.

އަލިފާން ރޯވެ ޖިފުޓި އަވަށުގެ އެތައް ސަތޭކަ ގެއެއް ވަނީ އަނދައި ހުލިވެފައެވެ. ބައެއް ރިޕޯޓްތައް ބުނަނި 250 ގެއެއް އަނދައި އަޅިޔަށް ވެފައިވާ ކަމަށެވެ.

ޖިފުޓިތައް ޖެހިޖެހިގެން ހުރުމުން އަލިފާންގަނޑު ވަރަށް ބާރަށް ފެތުރިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ރޯވުމާއެކު، އާންމުންވަނީ އެ ހިސާބުގެ މައިދާންތަކަށް ސަލާމަތުން ނުކުމެފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވި ކަރައިލް ބަސްތީގެ ވަށައިގެން ހުންނަނީ އުސް އިމާރާތްތަކެވެ. ފަގީރުން ދިރިއުޅޭ ބަސްތީގައި އަލިފާން ރޯވެ އެނދުމުން އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ކުރަމުން އެބަ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންގްލަދޭޝް އަލުން ބިނާކުރުމަށް ހުރިހާ ރައްޔިތުންނާއި ސިޔާސީ ޕާޓީތައްވެސް އެއްގަލަކަށް އެރުމަށް ތާރިގް ރަހްމާން އެދިވަޑައިގެންފި

Bangladesh Immigration

ބަންގްލަދޭޝުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރި ވެއްޖެ

Sheikh haseena

ހަސީނާގެ ޣައިރު ހާޒިރުގައި ކުރި ތަހުގީގަށްފަހު މެރުމަށް ހުކުމްކުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު : އދގެ ތަރުޖަމާނު

TTH_advertisement