ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުންނަށް ކުރާ އަނިޔާތަކުން އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ފަސްޖެހިގެންނުވާނެ: ރައީސް

427492 863d11aa 3

އަންހެނުންނަށް ކުރާ އަނިޔާތަކުން އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ފަސްޖެހިގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާވެރިކަމުން ރައްކާތެރިކުރުމަށް ފަސްޖެހިގެން ނުވާނެ ކަމަށެވެ. ސަމާލަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެންގެ ދިރިއުޅުމާ ޓެކްނޮލޮޖީ ގުޅިލާމެހިފައިވާ މި ޒަމާނުގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފުރައްސާރަ އާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ ގައުމުގެ ކުރިއަށް ގެންދަން އެންމެން އެކީ މަސައްކަތްކޮށްގެން އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، އެ ކުދިން ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އދ. އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް