ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތީގައި އެސްޓީއޯގެ އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

ވިލާ ގްރޫޕުން ލަންކާގެ ރައްޔިތުންނަށް 100،000 ޑޮލަރު ހަދިޔާކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފި

އިސްތިއުމާރީ ސިފައިން “ފޫހިވެގެން” ޣައްޒާއިން މީހުން މަރައި ތަންތަން ގޮއްވަނީ، އެއްބަސްވުމަކީ ކުޅުނު ޑްރާމާއެއް

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދިޔަ ވަރުގަދަ ވައިގެ ހަމަލާތައް ދުވަސްކޮޅަކަށް މެދުކަނޑާލިއެވެ. އަދި ޣައްޒާ ތެރެއަށް އަރައިގަނެގެން ތިބި ސިފައިން ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހުނެވެ.

އެއްބަސްވިގޮތަށް ހަމާސްއިން އިސްތިއުމާރީ ސިފައިންނަށް ހަމަލާދިނުން ހުއްޓާލައި، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ދިރިތިބި 20 ގައިދީން މިނިވަން ކުރިއެވެ. އަދި މަރުވެފައިވާ ގައިދީންގެ ހަށިތައް ހޯދައި ހަވާލު ކުރުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ގެންދަނީ ކުރަމުންނެވެ.

އެކަމަކު، އިސްތިއުމާރީ ޓެރަރިސްޓު ދައުލަތާއި، އެ ދައުލަތުގެ ޓެރަރިސްޓު ސިފައިންނަށް، ޣައްޒާއަށް ހަމަލާނުދީ ހުއްޓާލައިގެން ތިބުން ވެގެންދިޔައީ “ކެތްކުރެވޭވަރު” ކަމަކަށް ނޫނެވެ.

އެގޮތަކުން މިގޮތަކުން ދުނިޔޭގެ ލޮލުގައި އަނދުން އަޅުވައި، އެތައް ޑްރާމާއެއް ކުޅެ، ހަމާސްގެ ބޮލުގައި އެތައް ދޮގު އިލްޒާމުތަކެއް އަޅުވައި، ޣައްޒާއަށް ހަމަލާތައް ގެންދަނީ ދެމުންނެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް ޣައްޒާއަށް 500 އަށްވުރެ ހަމަލާތައް ޓެރަރިސްޓުން ދީފައި ވެއެވެ. އެ ހަމަލާތަކުގައި ޝަހީދުކޮށްލި އާންމުންގެ އަދަދު 350 އަށް މިހާރު ވަނީ އަރާފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ހާހަކަށް ވަނީ އަރާފައެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާ ދޮރާށިތައް ހުޅުވާނޭ ކަމަށް އިސްތިއުމާރީ ބާރުން އެއްބަސްވި ނަމަވެސް، ހުރިހާ ދޮރާށިތައް އަދިވެސް ހުރީ ބަންދުކޮށްފައެވެ.

ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ގަދަފިނިން ސަލާމަތްވުމަށް ބޭނުންވާ ޓެންޓާއި އެނޫންވެސް ޟަރޫރީ ސާމާނު އެތެރެ ނުކުރެވި ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެދޮރު ހުރި ބިންތަކުގައި ތާށިވެ މަރާ ދަނީ ހަނގުރާމަ ކުރަމުންނެވެ. މިއީ، ޣައްޒާއަށް އެންމެ ފިނިގަދަ ދުވަސްވަރެވެ.

ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި ގަދަފިނީގެ ސަބަބުން އުޅެމުންދަނީ ނުހަނު ހިތްދަތި ހާލުގައެވެ. ރައްކާތެރިކަން ހޯދަން އެމީހުން ދާނޭ އެއްވެސް ތަނެއް ނެތެވެ.

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ އިސްތިއުމާރީ ބާރުން ކަނޑައެޅިގެން ތަކުރާރުކޮށް ޚިލާފްވަމުން ދާއިރުވެސް، ޓެރަރިސްޓު ދައުލަތް ހުއްޓުވަން ދުނިޔެއިން އެއްވެސް ކަމެއް ނުކުރެއެވެ.

އިސްރާއީލަށް އެންމެ ބޮޑަށް ހިތްވަރުދީ، އަދި އިސްރާއީލުގެ ފަރާތުން އެއްވެސް ކަމެއް ގޯސްކޮށް ނުހިނގާ ކަމަށް ދުނިޔެއަށް ހާމަކޮށް ފާޅުގައި ބުނަމުން ގެންދަނީ އެމެރިކާއިންނެވެ.

އެމެރިކާއިން ގެންދަނީ ކެނޑިނޭޅި އިސްރާއީލަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ޣައްޒާގެ ކުށެއްނެތް އާންމުންގެ ބޮލަށް އަޅާނެ ބޮމާއި، ހަމަލާ ދޭނޭ މިސައިލާއި، އާންމުންނަށް ހަމަލާ ދިނުމަށް ބޮޑުބަޑިއާއި، އާންމުންގެ ގެތަކާއި އިމާރާތްތައް ވައްޓާނެ ބުލްޑޯޒަރު އެމެރިކާއިން މަދު ނުވާވަރަށް ފޮނުވަމުން ގެންދެއެވެ.

އެއްބަސްވުމާ ޚިލާފްވެ، އިސްރާއީލުން ޣައްޒާއިން ކުޑަކުދިންނާއި އަންހެނުންނާއި، އެތައް އާންމުން ޝަހީދު ކުރަމުން ގެންދާއިރުވެސް އެމެރިކާއިން އެއިން އެއްވެސް ވާހަކައެއް ނުދައްކައެވެ. ކަންބޮޑުވެ ވާހަކަ ދައްކަނީ އިސްރާއީލަށް ކަމެއް ވެދާނެތީއެވެ.

ހަމަލާތައް ހުއްޓާލުމަށް ބިރު ދައްކައިގެން ހަމާސް ލައްވައި އެއްބަސްވުމެއްގައި ސޮއިކުރުވައި، މިސްރަށްގޮސް އެމެރިކާގެ ރައީސް ކުޅުނީ ޑްރާމާއެއްކަން ދުނިޔެ މިހާރު ގަބޫލު ކުރެއެވެ.

އެއްބަސްވުމުގެ ސަބަބުން ބަނދެވުނީ ހަމާސްގެ ދެއަތެވެ. އިސްތިއުމާރީ ބާރުން ގެންދަނީ ބޭނުންހާ ކަމެއްކޮށް، އާންމުން ޝަހީދުކޮށް، އިމާރާތްތަކާއި ގެތައް ސުންނާފަތި ކުރަމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދުމުން، ޣައްޒާގައި ތިބި އިސްތިއުމާރީ ސިފައިން “ފޫހިވެގެން” ހިންގަމުން ގެންދާ ޖަރީމާތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެއެވެ. އެ ވީޑިއޯތަކުން ހާމަވާގޮތުގައި، ހަމަލާތައް ހުއްޓާލާކަށް އެމީހުން ބޭނުމެއް ނުވެއެވެ.

އެހެންވެ “ފޫހިފިލުވަން” އާންމުންނަށް ހަމަލާދީ މީހުން މެރުމާއި، ގެތަކާއި އިމާރާތްތައް ގޮއްވަމުން ގެންދަނީ “ފޫހިފިލުވުމަށް” ކަމަށް ވެއެވެ.

ޣައްޒާގެ އުތުރުގައި ކޮޅަށް ހުރި އެއްވެސް އިމާރާތެއް ނެތްކަން ކަށަވަރު ކުރުމަށްޓަކައި ހުރިހާ ތަނެއް ގޮއްވަމުން އެބަ ގެންދެއެވެ. ގެތަކާއި އިމާރާތްތައް ބިމާހަމަ ކުރުމަށްފަހު އެވަރުން ހިތްނުފުރިގެން ގާފުނިތަކާ ދިމާއަށް ހުއްޓާނުލާ ބަޑިޖަހަމުންދާ މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ. އެވެސް، މީހުން މަރާނެ ފުރުސަތު ލިބިގެން “ފޫހިވާތީ” ކުރާ ކަމެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދެ އަހަރުތެރޭ ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އިން މައްޗަށް

ޖެރަލްޑް އާރް ފޯރޑް ހިމެނޭ ލަޝްކަރު ވެނެޒުއެލާ ކައިރިއަށް، އިސާހިތަކު ހަނގުރާމަ ފަށާފާނެ

ކިޔާނެ އެއްޗެހި ހުސްވެގެން މަމްދާނީ އަތުން ކާތީވެސް އެންމެފަހުން ދިމާކުރަން ފެށުން

ޣައްޒާއަށް ފޮނުވަން އުޅެނީ ސުލްހަ ބަލަހައްޓާ ފައުޖެއްނޫން! ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރާ ފައުޖެއް!

TTH_advertisement