ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

ދާރުލްއަަރުގަމްގެ ބިންގާ މިނިސްޓަރު ޝަހީމް އަޅުއްވައިދެއްވައިފި

778

އިސްލާމިކް މިނިސްޓްރީން މާލޭގައި ހަދާ ވަގުފް އިމާރާތް ”ދާރުލްއަަރުގަމް“ގެ ބިންގާ މިއަދު އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އެޅުމަށް މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައިލެންޑާސް ޕްރީ ސްކޫލާ ޖެހިގެން ބުރުޒުމަގަށް ވާ ގޮތަށް އޮންނަ ހުސް ބިމުގައި އަޅާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މި މަސައްކަތް ހަވާލުކުރެވިފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.

ދޮޅު އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއު އާރްސީސީއާ ހަވާލުކުރީ 39.4 މިލިއަން ރުފިޔާއަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި 12 ފްލޯއަށް އިމާރާތްކުރާ މި ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ތަނެކެވެ. އެގޮތުން އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށާއި، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލެއް ހުންނައިރު، އެއްވަނަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯއާ ހަމައަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރިތައް ހުންނާނެއެވެ.

އަދި އިމާރާތުގެ ރޫފްޓޮޕް ހަދާފައި ހުންނާނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ. މި އިމާރާތުގައި ލިފްޓު ހަރުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށެވެ.

މި މަޝްރޫއުއަށް ފަންޑުކުރަނީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންގެ ދަށުންނެވެ. މި އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 80 ޕަސެންޓް ޖަމާކުރާނީ ވަގުފް ފަންޑަށެވެ.

މި މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގައި ވަގުފް ފަންޑް އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަގުފް އިމާރާތަކާއި މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. ހުޅުމާލޭގައި ހަދާ ވަގުފް އިމާރާތުގެ މަސައްކަތް ވެސް އާރުސީސީއާ މި މަހު ވަނީ ހަވާލުކޮށްފައެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ އައްޑޫ ސިޓީ، ޏ. ފުވައްމުލައް، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، އަދި ގއ. ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖު ޢުމްރާ ކޮންފަރެންސް: ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކޮށްފި

Mal

މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިއުލާންކޮށްފި

Whatsapp image 2025 10 26 at 14.10.35

ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް އާރުސީސީ ހަވާލުކޮށްފި

TTH_advertisement