ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

އެއާ އެމްބިއުލާންސް އިން 1،556 ބަލި މީހުން އުފުލައިފި

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް 1,372 ދަތުރުކޮށް، 1,556 ބަލި މީހުން އުފުލާފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފެށިގެން ދިޔަ މި ހިދުމަތް ރާއްޖޭގައި ތަޢާރަފް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 1 ވަނަ ދުވަހުއެވެ.

ސިއްހީ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު މާރިޗް މަހު 1 އިން ފެށިގެން މި ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހަށް 1،372 ދަތުރުކޮށް، 1556 ބަލި މީހުން އުފުލާފައިވެއެވެ.

މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލި މީހުންނަށް ދިމާވާ އެމަޖެންސީ ހާލަތުގައި އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ހިދުމަތެކެވެ.

މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްގެ ދަށުން ދޭ މި ޚިދުމަތް ރާއްޖެެއިން ބޭރަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް އިން ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ މަގު ވަނީ ފަހި ކޮށްދެއްވާފައެވެ. މީގެ އިތުރުން އެ ގައުމުތަކަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް، ދުބާއީ އާއި ތައިލެންޑަށް ދިނުމުގެ އެއްބަސްވުމުގައި މޯލްޑިވިއަން އާއެއްކޮށް ސޮއިކޮށްފައެވެ.

ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ޚާއްސަ ކޮށްފައިވާ އެއާ އެމްބިއުލާނަސްގެ ހިދުމަތް ދެމުން އަންނަނީ ރާއްޖޭގެ ގައުމީ އެއާ ލައިން، މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement