އެފްއޭއެމްގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ގއ. ގެމަނަފުށި، ފެހިކުރިި، މުޙައްމަދު ޢަޤީލް (37އ) ގެއްލިއްޖެއެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އަގީލްގެ މައްޗަށް އުފުލީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ބަންދުގައި ބަހައްޓައިގެން އިއްޔެ 8:30 އަށް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ފުލުހުން އޭނާ ހޯދަން އިއުލާންވެސް ކުރިއެވެ. އެކަމަކު ފެނިފައެއްނުވެއެވެ.
އޭނާ އަކީ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާއެވެ.
އަގީލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު