ކުއްލި ޚަބަރު

ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި

އަބްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ އުފުލައިފި

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި

Dd

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސައާ ހަވާލުކުރަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކޯޓުގެ ހިންގުން މިހާތަނަށް ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ ފަނޑިޔާރު މުހައްމަދު ފައިސަލްއާ އެވެ. އަދި އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރަން ވެސް ޖޭއެސްސީން ނިންމިއެވެ. އެކަމަކު އަދި އޭނާއާ މަގާމު ހަވާލެއް ނުކުރެއެވެ.

އަބްދުﷲ ޖަމީލް މޫސާ އަކީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލ. ލަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައެވެ.

އޭގެ ފަހުން 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަ އަހަރުގެ މުއްދަތަކަށް ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ޙުސްނީ ކަނޑައަޅަން ފާސްކުރައްވައިފި

ޖޭއެސްސީގެ ރައީސްގެ މަގާމުން ރިޒާ އިސްތިއުފާ ދެއްވައިފި

ހައިކޯޓްގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަނު ކުރައްވައިފި

high court

މީހަކަށް ގޯއްޗެއް ދޭން ދައުލަތުގެ މައްޗަށް ކުރި އަމުރު ހައިކޯޓުން ބަދަލެއް ނުކުރި

TTH_advertisement