ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

Ii

އަންނަ ޖަނަވަރީ މަހުގެ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް ޑރ. ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރަައީސް ވިދާޅުވީ ނަފްސާނީ ބައްޔަކީ ދިވެހިންގެ މެދުގައި ވަރަށް ކަންބޮޑުވާވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަމަށާއި، މިކަމަށް ކުރަންޖެހޭ ހަރަދު އާސަންދައިން މީގެ ކުރިން އެއްކޮށް ކަވާ ނުކުރާކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހަރަދެއް އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށެވެ.

“މިއަދާ ހަމަޔަށްވެސް ނަފްސާނީ ބައްޔަށްކުރާ ހޭދަ އާސަންދައިން އެއްކޮށް ކަވަރެއް ނުކޮށްދޭ.. މިއަދާ ހަމަޔަށްވެސް ނުލިބޭ. އަޅުގަނޑުމެން މިތިބީ އެކަމާ ވަރަށްބޮޑަށް ހައިރާންވެފައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށްކުރާ ހުރިހާ ހޭދައެއް އާސަންދައިން ކަވަރވާނެ.” ރައީސް ވިދާޅުވިއެވެ.

އިޖުތިމާއީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަން ރައީސްގެ ވާހަަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ނުކުޅެދޭ ކުދިންނަށް ވަޒީފާދިނުމާއި އިސް ރަށްވެހިންނަށް އިސްކަންދީގެން ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދޭ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 333 މީހުންނަށް ވަޒީފާ ދީފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން 280 މީހަކަށް ވަޒީފާ ދެވުނުއިރު، ސިވިލްސާވިސްގެ ތެރެއިން 45 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް