ކުއްލި ޚަބަރު

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

Ii

ޕެންޝަން އޮފީހުގެ ގަވައިދުތަކާ ޚިލާފަށް މެނޭޖުމަންޓުން އަމަލުކޮށްފައެއް ނުވާނެ ކަމަށް އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އާއި ޕެންޝަން ފަންޑުން ކުރާ މުއާމަލާތެއްގެ ދަށުން، އެމްއެމްއޭއިން އެ ފަންޑުގައި 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ.

އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އަންނަނީ އެކި ވާހަކަތައް ފަތުރަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި އިނާޒު ވިދާޅުވީ ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތަކާއި ސިޔާސަތުތަކާއި އުސޫލުތަކާ ޚިލާފަށް އެ ބޯޑާއި މެނޭޖުމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެ ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެންމެ އިސް ވާޖިބު ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް މާލީ ސިޔާސަތުގެ ސަބަބުން ޕެންޝަން ފަންޑުގެ ދެމެހެއްޓެނިވި ކަމަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މަޝްވަަރާ ކުރާ ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް އާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހިއްސާއެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

TTH_advertisement