ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

Ii
ގިރާވަރުފަޅު

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ހިއްކަންޖެހޭ ގިރާވަރުފަޅު ހިއްކަން ބޭނުންވާ ޑްރެޖަރު މި މަހުގެ 23 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ރައީސް ވިދާޅުވީ އެ ޑްރެޖަރު އައުމާއެކު ލަސްތަކެއް ނުވެ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި ސަރުކާރުން އެފަޅު އެއްކޮށް ހިއްކައި އެމްޑީޕީ ސަރުކާރުން އެ ފަޅުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިންނަށް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ގިރާވަރުގެ ކަނޑުން ވެސް އެމްޑީޕީ ސަރުކާރުން ގޯތިދީފައިވާ ކަމަށާއި އެކަމަށް ވެސް މި ސަރުކާރުން ހައްލު ގެންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައި ކަމަށާއި އެތަނުން ބިން ހިއްކައި ގޯތިތަކުގެ ހައްގުވެރީންނަށް ގޯތިތައް ހަވާލުކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 3 ގައި ފްލެޓް އެޅުމަށް ބީއެމްއެލް އިން ފްލެޓް އެޅުމަށް ޚާއްސަކޮށް އުފައްދާފައިވާ ކުންފުންޏާ ސަރުކާރުން ވަނީ ބިން ހަވާލުކޮށްފައެވެ.

ބީއެމްއެލް އިން ޖުމްލަ 3000 ފްލެޓް އަޅާއިރު، ހުޅުމާލެ ފޭސް 3 ގެ އިތުރުން ހުޅުމާލެ ފޭސް އެކަކާއި ވިލިމާލޭގައި ވެސް ފްލެޓްތައް އަޅާނެއެވެ.

އެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައި އަދި ފޯމްތައް ލިބުމުން ލަސްތަކެއްނުވެ ފްލެޓް ލިބޭ ހައްގުވެރިން ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް