ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

778

ގާނޫނީ ގޮތުން ވަކި މީހަކު ތަފާތު ކުރުމަކީ އޮތް ‘ޗޮއިސް’ އެއް ނޫން ކަމަށާއި، ވަކި މީހަކު ގާނޫނީ ގޮތުން ތަފާތު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ފޯރިގަދަ ތާރީޚީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިޔަސް ކަންބޮޑުވުމެއް ނެތް ކަމަށާއި ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުގައި ވެރިކަމަށް ދެ އަހަރުވާއިރު، ސިޔާސީގޮތުން އެކި މީހުން ޖަލަށްލާފައި ތިބޭ ކަމަށާއި ނަމަވެސް މިވެރިކަމުގައި އެފަދަ ކަމެއް ނުފެންނަ ކަމަށެވެ.

ގައުމަށް ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ “ނުބައި ވިހަ އޮއިވަރު” ނައްތާލެވި، ގައުމު އިސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޖަލުގައި ސިޔާސީ ވެރިން ލާން ހަދާފައި ހުރި ގޮޅިތައް މިހާރު ހުންނަނީ ހުހަށް. އެ ތަންތަނަށް ލާނެ މީހަކު ފޮނުވޭކަށް ނެތް،” ރައީސް ވިދާޅުވިއެވެ.

“އެހެނެއް ނޫން ޝަރުއީ ދާއިރާއިން އެ އޮންނަ އުސޫލުން ގާނޫނު ތަންފީޒުކުރުމާއި ގާނޫނުގެ ވެރިކަން މި ރާއްޖޭގައި ހިނގާނެ. އެއްވެސް މީހަކަށް ގާނޫނުގެ ވެރިކަމުގައި ތަފާތެއް ނުވާނެ. ގާނޫނުގެ ވެރިކަން ހިންގުމުގައި އަޅުގަނޑަކަށް އޮތް ޗޮއިސެއް ނޫން ތަފާތު ކުރުމަކީ. އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސެއް ނޫން އޭނާއާ މީނާއާ ތަފާތު ކުރުމަކީ ގާނޫނުގެ ވެރިކަމުގައި،” ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެ ކަމަށާއި އެކަން އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޝަރުއީ ދާއިރާއަށް ބޮލޮކް ގްރާންޓް ދޭން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް