ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދެނީ

އިސްތިއުމާރީ ސިފައިން ޚާން ޔޫނިސްއަށް މިއަދު ބޮން އަޅަނީ:

އިސްތިއުމާރީ އިސްރާއީލުގެ ސިފައިން މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

އެގޮތުން، ޣައްޒާގެ އުތުރުން ގާޒާ ސިޓީއަށާއި، ބައިތު ލާހިޔާ އަދި ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.

އަދި އެ ރަށްތަކަށް ބޮޑުބަޑީގެ ހަމަލާތައްވެސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، ގާޒާ ސިޓީއާއި، ޚާން ޔޫނިސްގައި އެތައް ގެއަކާއި އިމާރާތްތަކެއް ޓެރަރިސްޓުން ގެންދަނީ ގޮއްވައި އަދި ބުލްޑޯޒަރު ބޭނުންކޮށްގެން ވައްޓައި ބިމާހަމަ ކުރަމުންނެވެ.

އިސްތިއުމާރީ ސިފައިން މިއަދު ފުރަތަމަ ހަމަލާދިން އެއްވެސް ސަރަހައްދަކީ، އެމީހުން ޣައްޒާގައި ދަމާފައިވާ ކަމަށް ބުނާ “ޔެލޯލައިން” ގޭ ބޭރުން ހިމެނޭ ސަރަހައްދުތަކެވެ.

ޔެލޯލައިންގެ އެތެރޭގައި ހިމެނޭ ހުރިހާ ހިސާބެއް ކޮންޓްރޯލް ކުރަނީ އިސްތިއުމާރީ ޓެރަރިސްޓުންނެވެ.

މީގެއިތުރުން، ޔެލޯލައިންގެ އެތެރޭގެ ސަރަހައްދުތަކަށް މީގެ އިރުކޮޅެއް ކުރިން ވައިގެ ދެ ހަމަލާއެއްދީ އަދި ގެތަކާއި އިމާރާތްތައްވެސް ބިމާހަމަ ކުރަމުން އެބަ ގެންދެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މަހަކަށްވުރެ ގިނަދުވަސް ވެގެން ގޮސްފައިވާއިރު، އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ކޮންމެ ދުވަހަކު ގެންދަނީ ޣައްޒާއަށް ބޮމާއި މިސައިލުން ހަމަލާދީ، އަދި ބޮޑުބަޑީގެ ހަމަލާތައް ދެމުންނެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ހަމަލާދީ މިހާތަނަށް ޣައްޒާއިން 245 މީހުން ޝަހީދު ކޮށްލާފައި ވާއިރު، 627 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުޔޯކް ސިޓީއަށް ދާކަށް ބިރެއް ނުގަނޭ، ހައްޔަރު ކޮށްފާނެ ކަމަށްވެސް ބިރެއް ނުގަނޭ: ނަތަންޔާހޫ

ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި ދިހަހާހަށްވުރެ ގިނަ މީހުންގެ ހަށިތައް ނުނެގި އެބަހުރި: ޣައްޒާ ސިވިލް ޑިފެންސް

ފަލަސްތީނު ގައިދީންނަށް މަރުގެ އަދަބު ދިނުމުގެ ބިލް ފާސްވުމުން ބެން-ގްވީރް ޕާލަމެންޓްގައި މެޓާ ބަހައިފި

ޚާން ޔޫނިސްއަށް ޑްރޯން ހަމަލާއެއްދީ ކުޑަކުއްޖަކާއި އިތުރު މީހަކު ޝަހީދުކޮށްލައިފި، މުޅި ޣައްޒާގައި އުދުވާނު ހިންގަނީ

TTH_advertisement