ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ސެގްމެންޓް އެކެއްގެ 85 އިންސައްތަ ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތުގެ ސެގްމެންޓް އެކެއްގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ފުރަތަމަ ސެގްމެންޓުގެ ޕްރީކާސްޓް ޕެނަލް ހަރުކޮށް، ކީވޯލްގެ ކޮންކްރީޓް ކެޕިންގެ ހުރިހާ މަސައްކަތެއް ނިންމައި ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ޕަމްޕް ސްޓޭޝަނުގެ ވަޅުތައް ކޮނެ އިންސްޓެލޭޝަންގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އަދި ސަބް ބޭސްގެ މަސައްކަތްތައް މި ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ތާރު އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

މި ޓްރާންސްފޯމަޓިވް މަޝްރޫއުގެ ސަބަބުން މާލޭ ސިޓީއަށް ވަދެވޭ ގޮތް އިތުރުވެގެންދާނީ ޒަމާނީ، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތައް ތަރައްގީކޮށްގެންނެވެ. ފުޅާކޮށްފައިވާ މަގުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެދޭއިރު، އާ ތޫފާން ފެން ހިއްކުމުގެ ނިޒާމަކުން ބޯކޮށް ވާރޭވެހޭ ވަގުތު ފެންބޮޑުވުން މަދުވާނެ އެވެ.

ގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ.

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި