ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ރަސްމާލެ އިން 15،000 ގޯތި ދޫކުރަން ހުޅުވައިލަނީ

މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ރަސްމާލޭ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް، ފުރަތަމަ ފިޔަވަހިން 15،000 ގޯތި ދޫކުރަން ހުޅުވައިލާނެކަން އެމަނިކުފާނު މިއަދު އިއުލާނުކުރައްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ގޯތިގެދޮރުގެ ދަތިކަން އޮތް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ހިންގަވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ހަލުއިކުރުމުގެ ގޮތުން އަންނަ ޑިސެންބަރު މަހުގެ ކުރިން އިތުރު ޑްރެޖަރުތައް ގެނެވި، މިހާރު ބިން ހިއްކަމުންދާ ދުވެލި ތިން ގުނަ ހަލުއިކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

“ތިން ސަަރަހައްދެއްގައި ރަސްމާލޭގެ ބިން ހިއްކަން ފަށައި ބައެއް ސަރަހައްދުތައް ހިއްކައި ނިންމައި، އަނެއް ބައި ސަރަހައްދުތައް ހިއްކަމުންދަނީ، މެދުނުކެނޑި. އެ މަސައްކަތް ތިން ގުނައަށް ބާރުވާނެ އަންނަ މަސް ތެރޭ. އިތުރު ޑްރެޖަރުތައް ގެނައުމަށް އެއްބަސްވުން ހަދައި ފައިސާ ދައްކާފައިވާނީ،” ރައީސް

އެމަނިކުފާނު ވިދާޅުވީ ރަސްމާލެއަކީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ބިން ކަމަށާއި، އެ ބިން ހިއްކުން ބާރަށް ކުރިއަށްދާތީ، ފުރަތަމަ މަރުހަލާގައި ދޫކުރާ ގޯތިތަކަށް ކުރިމަތިލާން ވަރަށް އަވަށް ހުޅުވައިލާނެ ކަމަށެވެ. އެގޮތުން އެއްވެސް ގޯތިގެދޮރެއް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން، އާއިލީ ބޯހިޔާވަަހިކަމުގެ މަފުހޫމުގެ ދަށުން ހުޅުވައިލާނީ 15،000 ގޯތި ދޫކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި 15،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި، މާލޭ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މާލޭގެ ކުދިކުދި ގޯޅިތަކުގައި ހުރި ގޯތިތަކުގައި ދިރިއުޅޭ މީހުންނަށް ގޯތި ނުހެދޭތީ އެތަންތަން ލާޖައްސާ އުސޫލުން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށްވެސް ގޯތި ދޫކުރާނެ ކަމަަށެވެ.

އެމަނިކުފާނު ގޯތި ހޯދައިދެއްވަން ވައުދުވެވަޑައިގެންފައިވާ ހުރިހާ ގިންތިތަކެއްގެ އެންމެންނަށް ގޯތިތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ބިންހިއްކައި ނިންމައިލެވޭއިރަށް ސަރުކާރުން މަސައްކަތްކުރާނީ ގޯތި ލިބޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅައި ނިންމުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ގޯތީގެ އިތުރަށް ރައީސްވަނީ މާލޭ ސަރަހައްދުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ އިޖުތިމާއީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ވަރަށް އަވަހަށް 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށާއި، އަދި އިންޑިޔާގެ އެހީގައި އިތުރު 4،000 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ދެއްވި ޔަގީންކަމަކީ ވަރަަށް އަވަހަށް މާލޭ ސަރަހައްދުގެ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅިގެން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް މުޢިއްޒު މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ޅަދަރީންނަށާއި ޒުވާނުންނަށް ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ: ރައީސް

ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އާދިއްތަ ދުވަހުގެ ރޭ

TTH_advertisement