ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 11:30 ހާއިރުއެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގި ކަމަށެވެ.
އެ އެކްސިޑެންޓްގައި ތިން މީހަކަަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ ކ. ދިއްފުށި، ލައިޓް ގާޑަން، އުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް އެވެ.
އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު