ކުޑަކުދިންގެ ޕާކު ނެތް ރަށްތަކުގައި ޕާކު ޤާއިމްކުރުމަށް 32 ރަށެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދިނުމުގެ ގޮތުން މި މަޝްރޫއު ހިންގަމުންދާކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފައިވެއެވެ.
އެޗްޑީސީއާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ރ. މާކުރަތު، ރ. ކިނޮޅަސް، ރ. އިންނަމާދޫ، ރ. އިނގުރައިދޫ، ރ. ފައިނު، ހދ. ހަނިމާދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، ދ. މީދޫ، ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ގުރައިދޫ، ލ. މާބައިދޫ، ލ. ދަނބިދޫ، ލ. މުންޑޫ، ގއ. ވިލިނގިލި، ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫ، ސ. ހުޅުދޫ، ސ. ހިތަދޫ 1، ސ. ހިތަދޫ 2، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ނ. ޅޮހި، ހދ. ނޮޅިވަރަމް، ށ. ކަނޑިތީމު، ށ. މިލަންދޫ، ބ. ފެހެންދޫ އަދި ބ. ކުޑަރިކިލު ހިމެނެއެވެ.
މި އެއްބަސްވުމުގައި ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް މުހައްމަދު ސަރާހު އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުއެވެ.
އެޗްޑީސީގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާވެސް ވަނީ ކުޑަކުދިންގެ ޕާކު ހަދަން ހަވާލުކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަ ރަށެއްގައި، އެމްޓީސީސީއާ ހަތަރު ރަށެއްގައި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެ ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ހާމަކުރިއެވެ. މީގެއިތުރުން ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓްތައް ގެނައުމަށް އެސް.ޓީ.އޯއާ ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު