ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ބާޒާރުމަތިން ނެގި ގަސްތައް ހުޅުމާލޭގައި އިންދަނީ

990
TTH_Ads
STO_Ads
Advertisement

މާލޭގެ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތަށް ނެގި ހިރުނދު ގަސްތައް ހުޅުމާލޭގައި އިންދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހްމަދު އިބްރާހީމް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި ބޮޑެތި ހިރުނދު ގަސްތައް އެ ސަރަހައްދުން ނަގައިގެން ގެންގޮސް، ހުޅުމާލެ 1 އާއި 2 ގުޅޭ ޗެނަލް ޕާކު ސަރަހައްދުގައި އިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަގު ހެދުމަށް އެ ގަސްތައް އެ ސަރަހައްދުން ނެގުމުން ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް އެ ގަސްތައް އެތަނުން ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންވެ ސަރުކާރަށް މަޖުބޫރުވީ އެ ގަސްތައް އެތަނުން ނަގައި އެހެން ސަރަހައްދެއްގައި އިންދުމަށެވެ.

HajjCop_ads
Advertisement

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު މަގު ހުޅުވާލީ މި މަހު ކުރީކޮޅުގައެވެ.

ފުރަތަމަ ސެގްމަންޓުގެ މަސައްކަތެކޭ އެއްގޮތަށް މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ އެވެ. އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Thilafushi port

ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި

ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

Screenshot 2026 07 25

ސައްބީސް ކާނިވަލް އެޗްޑީސީން ފަށައިފި