ކުއްލި ޚަބަރު

ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުން ފާހަގަކުރަން: ރައީސް

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި އޮމަދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނެސް އާންމުކޮށްފި

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމާ ގުޅިފައިވާ ދޮރާށި: ރައީސް

442692 9375ada9 5

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމާ ގުޅިފައިވާ ދޮރާށި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިރޭ މި ހުޅުވިގެން ދިޔައީ ހަމައެކަނި އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗާއެއް ނޫން ކަމަށެވެ. އެއީ، މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ދޮރާށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ އެ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ތަޞައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ޙާޞިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ކަމުގައި ވީ ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު ކަމާއެކު އެ ވަޢުދުފުޅު ފުއްދަވައިދެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ޤާބިލުކަން ހާމަވެ، މި އެއަރޕޯޓްގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމުގައި ސިފަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުޅުވިގެން ދިޔަ ރަނުގެ މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ގޮވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އިޤްތިޞާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަޙައްދަށް ކުރިއެރުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަން ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.

2012 ވަނަ އަހަރު ހަނިމާދޫ ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، އެއަރޕޯޓުގެ ތަރައްޤީގެ ދުވެލި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވައި، އެއަރޕޯޓުގެ މަސައްކަތް ނިންމަވައި، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ރަސްމީކޮށް ހުޅުވިގެންދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު އެއަރޕޯޓެވެ.

އުތުރުގެ ރަށްތަކަށް އިޤްތިޞާދީ ގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ އައު ޞަފުޙާއެއްގެ ގޮތުގައި މިރޭ ހުޅުވި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ 10380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތުގެ 70 ޕަސެންޓް ފުރިހަމަކޮށް ނިންމަވައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅިވިގެންދިޔަ ފަދައިން، ތަރައްޤީގެ ދެން ހުރި މަޝްރޫޢުތައްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް މިރޭވެސް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠިފާއި، ދަޢުލަތުގެ އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ވަފުދުގެ ބޭފުޅުން ވަނީ، އަލަށް ތަރައްޤީކުރި އެއަރޕޯޓާއި، ޓާމިނަލް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުން ފާހަގަކުރަން: ރައީސް

990

އޮސްޓްރޭލިއާ އަކީ ތަރައްގީގެ ގާތް ބައިވެރިއެއް، އެކަން އަބަދުވެސް ފާހަގަކުރާނަން: ރައީސް

DSC04658

ޕީއެންސީގެ 1300އަށްވުރެ ގިނަ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

WhatsApp Image 2026 01 20 at 14.33.52

ހުޅުމާލޭ ފޭސް ތިނެއް ހިއްކާ ނިންމާލައިފި

TTH_advertisement