ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަރަންޓްގެ ފެންވަރު ރަނގަޅުކުރަން ސްޓެލްކޯ އިން އުކުޅަހަށް އިތުރު ޖަނެރޭޓަރެއް ފޮނުވައިފި

Ii

ކަރަންޓުގެ ޚިދުމަތް ޒަމާނީ ފެންވަރަށް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ސްޓެލްކޯއިން އއ. އުކުޅަހަށް 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ފޮނުވައިފިއެވެ.

ސްޓެލްކޯއިން ބުނީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން. އުކުޅަހަށް އަންނަމުންދާ ތަރައްގީއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިހާރު އެރަަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއެކު އުކުޅަހުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމުގައި ވެސް ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށްޓްކައި ސްޓެލްކޯ އިން ފާއިތުވި ތިން ދުވަހު ވަނީ އެކި ރަށްރަށަށް އިތުރު ޖެންސެޓް ފޮނުވާފައެވެ. އެގޮތުން އިއްޔެ ސްޓެލްކޯއިން ވަނީ އދ. ދިގުރަށަށް 320 ކިލޯވޮޓްގެ އިތުރު ޖެންސެޓަކާއި، އއ. މަތިވެރިއަށް 600 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ފޮނުވާފައެވެ. މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު އއ. ތޮއްޑޫ އަށާއި ބުދަ ދުވަހު ކ. ގުރައިދޫއަށް ވަނީ 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

Oo

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ޕޯސްޓަރު ހަރުނުކުރުމަށް އެދިއްޖެ

WhatsApp Image 2026 03 02 at 17.13.55

ސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔާ ވޯޑަން ޓްރެއިން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފި