ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަނެއްކާވެސް ބޮންއަޅައި ދެމީހުން މަރާލައިފި

ލުބުނާނުގެ ދެކުނު

 

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ އިސްރާއީލުން ވެހިކަލަކަށް ބޮމުގެ ހަމަލާއެއްދިނުގެ ސަބަބުން ދެމީހުން މަރުވެފައިވާ ކަމަށް ލުބުނާނު ސަރުކާރުން ބުނެފިއެވެ.

ލުބުނާނު ނޭޝަނަލް ނިއުސް އޭޖެންސީން ބުނެފައިވަނީ، ހަމަލާގައި މަރުވެފައިވަނީ ދެބެއިން ކަމަށެވެ.

އިސްތިއުމާރީ ސިފައިން ވެހިކަލަށް ހަމަލާ ދީފައިވަނީ ލުބުނާނުގެ ދެކުނުގެ އައި އަތާއާއި، ޝީބާއާ ދެމެދުން ދަތުރުކޮށްފައި ދަނިކޮށެވެ.

ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވުމެއް ވެފައިވާއިރު، އިސްތިއުމާރީ ސިފައިން ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ގެންދަނީ ލުބުނާނުގެ ރަށްތަކަށް ބޮންއަޅައި އަދި މިސައިލުންވެސް ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި އާންމު އެތައް ބަޔަކު މިހާތަނަށް މަރުވެފައި ވެއެވެ.

މުޖުރިމު ނަތަންޔާހޫއާއި، އިސްތިއުމާރީ ޓެރަރިސްޓު އަސްކަރީ ވެރިން ބުނަމުން ގެންދަނީ، ހިޒްބުﷲއިން އަލުން ހަތިޔާރު އެއްކޮށް، އިސްރާއީލަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުތައްވެސް ދެމުން ގެންދެއެވެ.

އިސްތިއުމާރީ އިސްރާއީލުގެ ވިސްމަކީ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ވެފައި އޮތަސް، އިސްރާއީލަށް ހަމަލާ ދެވޭނެއެވެ. ޣައްޒާއާއި އަދި ލުބުނާނުންވެސް ފެންނަނީ އެ މަންޒަރެވެ.

އިސްރާއީލު ހުއްޓުވަން އެމެރިކާއިން އެއްވެސް ކަމެއް ނުކުރާއިރު، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ގުޅުންތަކާބެހޭ އޮފިހުގެ ތަރުޖަމާނު މިއަދު އިސްރާއީލަށް ގޮވާލާފައިވަނީ، އެއްބަސްވުމާ ޚިލާފްވެ ލުބުނާނަށް ހަމަލާތައް ނުދިނުމަށެވެ.

ހަމަ އެއާއެކު، ތަރުޖަމާނު ހިޒްބުﷲއަށް ގޮވާލާފައިވަނީ، މަސްރަހް ގޯސްވެދާނެ އެއްވެސް އަމަލެއް ނުހިންގުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

TTH_advertisement