ކުއްލި ޚަބަރު

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

ޕާޓާގެ ސީއީއޯއާ އެކު ފަތުރުވެރިކަން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

Dd

ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ސީއީއޯ ނޫރު އަޙްމަދު ޙަމީދާ ބައްދަލުކުރައްވައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެ، އެ ދާއިރާގެ ދެމެހެއްޓެނިވި ކުޅަދާނަކަން އިތުރުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާއި، މުޖުތަމަޢީ ތަރައްޤީއަށް އިސްކަންދިނުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށްޓަކައި ޕާޓާއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. ދެ ފަރާތުން ވެސް މިފަދަ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

920

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ތުރުކީއާ އެކު މަޝްވަރާކޮށްފި

ދިވެހި ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

Mal

ޑިސެމްބަރު ފަހުކޮޅު އައްޑޫ ޝަންގްރިއްލާ ހުޅުވަން ތައްޔާރުވަނީ

66

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ކައުންސިލްގެ ގަސް އިންދުމުގެ ޕްރޮގްރާމް މިނިސްޓަރު ތޯރިގު އިފްތިތާހުކޮށްދެއްވައިފި

TTH_advertisement