ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ދިވެހި ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

ދިވެހި ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ނެރޭ މި ގައިޑު ނެރެފައި ވަނީ ލަންޑަނުގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމް އާއި، ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.

މި އާ ޑެސްޓިނޭޝަން ގައިޑުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި މުޅިން އާ ތަޖުރިބާތަކާއި، ފަތުރުވެރިންނަށް ޚާއްޞަ ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑުތަކުގައި ހުރުމުގެ އެކިއެކި އިންތިޒާމުތަކާ ބެހޭ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ގައިޑަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެކެވެ.

މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދަކީ، 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ލިބެންހުރި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުމެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ހަރުދަނާވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ބާރުއަޅާނެ ކަމަށް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.

ވިޒިޓް މޯލްޓިވްސް އިން ނެރެފައިވާ މި ޑެސްޓިނޭޝަން ގައިޑަކީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ގައިޑު މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާބިލުކަން އިތުރަށް ފުޅާކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު: ތޯރިގު

Image 20

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ތޯރިގު ޔޫއޭއީއާ މަޝްވަރާކުރައްވައިފި

resorts

ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ 7 ރިސޯޓެއް މިއަހަރު ހުޅުވާނެ

އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެ

TTH_advertisement