ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް ހުޅުދޫ ބްރާންޗުގެ ބިންގާ އަޅައިފި

Muaz

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައްޑޫ ހުޅުދޫ ބްރާންޗްގެ ބިންގާ އަޅައިފިއެވެ.

އެ ބްރާންޗުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުޅުދު އާއި މީދު އަށް ކުރައްވާ ދަތުރުގެ ތެރެއިންނެނެވެ.

ހުޅުދޫ ބްރާންޗްގެ ބިންގާ އަޅުއްވައި ދެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.

ބީއެމްއެލުން ހުޅުދޫގައި ހަދާނީ އިސްލާމިކް ބްރާންޗެކެވެ.

އެ ރަށުގައި ބީއެލްއެމްގެ ބްރާންޗެއްގެ ބިންގާ އެޅި އިރު، މިހާތަނަށް ގައުމީ ބޭންކްގެ ހިދުމަތް ހުޅުދު އާއި މީދޫގައި ދެމުން އައީ މީދޫގައި އިމާރާތްކޮށްގައި ހުރި ބްރާންޗުންނެވެ.

މީދޫގެ އިތުރުން އައްޑޫގައި މިހާރު ބީއެމްއެލްގެ ބްރާންޗްތައް ހުންނަނީ ހިތަދު އާއި މަރަދޫފޭދޫގަ އެވެ.

ހުޅުދޫގައި މިއަދު ވަނީ ބީއެމްއެލްގެ އޭޓީއެމެއް ވެސް ހުޅުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

WhatsApp Image 2026 03 05 at 13.10.03 (1)

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

WhatsApp Image 2026 03 03 at 12.58.23

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި