ކުއްލި ޚަބަރު

އެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފި

ބީއެމްއެލް ހުޅުދޫ ބްރާންޗުގެ ބިންގާ އަޅައިފި

ހިތަދޫ ފްލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާދެނީ

20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް މިހާރު ވާނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި: ރައީސް

440792 f89eafb5 9

ނޮވެންބަރު 1 ވަނަ ދުވަހުން ފަށައިގެން 20000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިނގަމުން މިދާ 2025 ވަނަ އަހަރަށް ކަނޑައެޅުއްވި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެއްހަމަ ކުރައްވާފައިވާ ކަމަށެވެ. އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާ، މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ޙަޤީޤީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތުގެ ޚުލާސާ މިސާލެއް، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްޞީލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފައެވެ. ހަމަމިއާއެކު ކުރިމަތިވެދާނެ ޚާއްޞަ ޙާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުންނަށް އެކަމެއްގައި ހެޔޮގޮތް އޮންނާނެ ބީދައިންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. ނޮވެންބަރު 1 ވަނަ ދުވަހުން ފަށައިގެން 20000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދަވަމުން ގެންދަވަނީ، ވަށާޖެހެނިވި ތަރައްޤީއެއް ހޯއްދަވައި ދެއްވުމުގެ ނިޔަތުގައިކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެއްޓެވި ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުވައްމުލައް ސިޓީ ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

439153 4b6b2167 0

މާފަންނު ބޮޑުގެ ސަރަހައްދުގައި އިމާރާތްކުރާ މަސްޖިދުއްދަޢްވާގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

Mal

ބީއެމްއެލުން ‘ސްވައިޕް’ މަލްޓި-ކަރަންސީ ޑިޖިޓަލް ވޮލެޓެއް

438280 22e4cee7 0

ތާރީޚީ ރެކޯޑެއް، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގެންފި

TTH_advertisement