ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބަސްވުމާ އިސްރާއީލު ޚިލާފްވާ ކަމަށް ޓްރަމްޕް އެއްބަހެއް ނުވި, ގަތުލުއާންމުތަކަށް ދެއްކީ ކަނުލޮލެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިސްތިއުމާރީ އިސްރާއީލުން ޚިލާފްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަހެއް ނުވިއެވެ.

ސީބީއެސް 60 މިނެޓްސް ޕްރޮގްރާމަށް ދިން އިންޓަރވިއުއެއްގައި އެމެރިކާގެ ރައީސް ވަނީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދިފާއުކޮށް  ވާހަކަ ދައްކާފައެވެ. އަދި އިންޒާރުތައް ދީފައިވަނީ ހަމާސްއަށެވެ.

ޓްރަމްޕް ބުނެފައިވަނީ، ހަމާސްއިން އެމީހުންގެ އަމަލުތައް ރަނގަޅު ނުކޮށްފިނަމަ މާކަ ރަނގަޅެއް ނުވާނޭ ކަމަށެވެ.

އަދި ހަމާސްގެ އަތުން ހަތިޔާރު އަތުލަން އޭނާ ބޭނުންވާނަމަ އެކަމަށް މާގިނަ އިރެއް ނުނަގާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ.

އެކަމަކު، ހަމާސްއިން އެއްބަސްވުމާ ޚިލާފް އެއްވެސް ކަމެއް ކޮށްފައި ނުވުމާއި، އިސްތިއުމާރީ ބާރުން މީގެކުރިން ސަތޭކަ އެތައް ފަހަރެއްގެމަތިން އެއްބަސްވުމާ ޚިލާފް އެތައް ޖަރީމާއެއް ހިންގައި އަދި މިހާރުވެސް ހިންގަމުން ގެންދާއިރު އެމެރިކާގެ ރައީސަކަށް އެކަމާ އެއްޗެއް ނުބުނެވުނެވެ.

މުޖުރިމު ނަތަންޔާހޫއަށް ކެނޑިނޭޅި ކުރީ ތައުރީފެވެ. އެވަރު މީހަކު ނެތްކަމަށް ބުންޏެވެ.

ނުވިތާކަށް، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންގެންދާ ގަތުލުއާންމު ތަކަށްވެސް އެމެރިކާގެ ރައީސް ދެއްކީ ކަނުލޮލެކެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އިސްތިއުމާރީ ބާރުން އަމަލު ނުކުރާ ތާނގައި، ހަމަލާތައް ދެމުން، އިންސާނީ އެހީ އެތެރެކުރަން ހުރަސްއަޅަމުން ގެންދާއިރުވެސް އެމެރިކާގެ ރައީސަށް އެކަން މައްސަލައަކަށް ނުވިއެވެ.

ޓްރަމްޕް ތަކުރާރުކޮށް ބުނީ، ހަމަލަތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އަދިވެސް އޮތީ ސާބިތުކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި