ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

ފާގަތި މުސްތަޤުބަލެއް ހޯދޭނީ ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީގެން: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޤައުމަށް ފާގަތި މުސްތަޤުބަލެއް ހޯދޭނީ ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ.

ރައީސް ވިދާޅުވީ މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތްކުރާނެ އިޚްލާޞްތެރީން ކަމަށެވެ. އަދި މިފަދަ އިޚުލާސްތެރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ރައީސްވަނީ ދުޢާ ކުރައްވާފައެވެ. އަދި ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަނީ ދިވެހި 7 ޚާއިނުންނާއި ނިރުބަވެރި ޖަމާޢަތެއް ގުޅިގެން ރާއްޖެއަށް ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މި ހަމަލާ ދިނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ތަމަޅައިންގެ ފައުޖެއް ގޮވައިގެން ބާޣީ ޢަބްދުﷲ ލުޠުފީ އިސްވެ ހިންގި މިޢުދުވާނުގައި ކުށެއް ނެތް 19 ދިވެއްސަކު ޝަހީދުކުރިއެވެ. އެއީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލުންނެވެ. އެ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނީ ދިވެހި ސިފައިން ދެއްކި ހިތްވަރުގަދަ ޢަޒުމާއި ކުރެއްވި އަގު މާތް ޖިހާދުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

TTH_advertisement