ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޅުވެއްޓި ހާދިސާ: ދިވެއްސެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

Mal

މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ދިވެއްސެއްގެ ހާލު ސީރިއަސް ވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ހާލު ސީރިއަސްވެ ބޮޑެތި އަނިޔާތަކެއް ލިބުނު ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ މަރުވެފައެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހޮސައިން އެވެ.

ފުލުހުން ބުނީ އަނިޔާވި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެއީ ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ޒުވާނެކެވެ.

އެ ހާދިސާގައި އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.

އެ ކޮޅުވެއްޓިން ޖުމްލަ 14 މީހުން ދަތުރުކުރި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ހާދިސާތައް ހިނގުން ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ހާދިސާތަކުގައި މި އަަހަރު ބައެއް މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!